ENGLISH
10 އޭޕްރީލު 2025
ފުރަތަމަ ލެގުގައި ފެޔަނޫޑް އަތުން މިލާން ބަލިވެއްޖެ
13 ފެބްރުއަރީ 2025
|
މެޗަށްފަހު ފެޔަނޫޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފް ފުރަތަމަ ލެގުގައި ރޭ ނެދަލެންޑްސްގެ ފެޔަނޫޑް އަތުން 1-0 އިން އިޓަލީގެ އޭސީ މިލާން ބަލިވެއްޖެއެވެ.
މިއީ ފެޔަނޫޑްގެ ކޯޗުގެ މަގާމުން ބްރަޔަން ޕްރިސްކޭ ވަކިކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
ފެޔަނޫޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އީގޯ ޕައިޒާއޯ އެވެ. މިއީ މިލާންގެ ގޯލްކީޕަރު، މައިކް މައިގްނޯން އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި، ފެޔަނޫޑުން ކާމިޔާބުކުރި ގޯލެކެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. މި މެޗު ކުޅޭނީ މިލާންގެ ސެން ސީރޯ ގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބެލްޖިއަމްގެ ކުލަބް ބްރޫޖް އަތުން އެ ޓީމުގެ ދަނޑުގައި 2-1 އިން އިޓަލީގެ އެޓަލާންޓާ ވަނީ ބަލިވެފައެވެ.