ENGLISH

22 އޭޕްރީލު 2025

Advertisement

ޕީސީބީގެ ރައީސްގެ މަޤާމުން ޙަމްދީ ޢަޤީލް ވަކިކުރައްވައިފި

13 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޕީސީބީގެ ރައީސް ޙަމްދީ ޢަޤީލު މިއަދު މަޤާމުން ވަކިކުރައްވާފައިވޭ، ފޮޓޯ: އެޑިޝަން.އެމްވީ

ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަޤާމުގައި ހުންނެވި ޙަމްދީ ޢަޤީލު އެ މަޤާމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަކިކުރައްވައިފިއެވެ. 

ރައީސް ވެރިކަމާ ޙަވާލުވެވަޑައިގެން 22 ނޮވެންބަރު 2023 ގައި ޕީސީބީގެ ރައީސްކަމަށް ޢައްޔަންކުރެއްވި ޙަމްދީ އެ މަޤާމުން ވަކިކުރެއްވި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަނުކުރައްވައެވެ. 

އޮސްޓްރޭލިއާއިން ކޮމާސްގެ ދާއިރާއިން މާސްޓާސް ޑިގުރީ ޙާޞިލުކުރައްވާފައިވާ ޙަމްދީއަކީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. 

އިއްޔެ ޕީސީބީންވަނީ ދައުލަތުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އެޅުމަށް ކުންފުނިތަކަށް އަންގަވައި ސާކިއުލާއެއް ނެރުއްވާފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހު ރޯދަ ޢިނާޔަތް ދިނުމާ ގުޅޭ ސާކިއުލާއެއްވެސް އެ ބޯޑުން ނެރުއްވާފަައިވެއެވެ. 

ޚަރަދު ކުޑަކުރުމާ ގުޅޭ އިރުޝާދުތައް ހިމެނޭ ސާކިއުލާގައި ދަތުރުފަތުރުގެ ޚަރަދުތަކާއި މުވައްޒަފުންނަށް ކުންފުނިތަކުން ކުރާ ޚަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގަވާފައިވެއެވެ. 

ރޯދަ ޢިނާޔަތާ ގުޅޭ ސާކިއުލާގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަަ ޢިނާޔަތް ފިޔަވައި އިތުރު އެއްވެސް ހަދިޔާއެއް ނުވަތަ ފައިސާއެއް ރަމަޟާންމަހާ ގުޅުވައިގެން ނުދިނުމަށް އަންގަވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު