ENGLISH
22 އޭޕްރީލު 2025
ސަރުކާރުގެ އިދާރާތަކުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅަނީ
12 ފެބްރުއަރީ 2025
|
ސަރުކާރުގެ އޮފީސްތައް ހިންގާ ވެލާނާ ބިލްޑިން.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ޤަވާއިދު ތަންފީޒު ކުރުމަށް ސަރުކާރުގެ ކޮންމެ އިދާރާއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ އެ މީހަކަށް ފުރިހަ އިޚްތިޔާރާއި ބާރު ދިނުމަށް ނިންމައިފިއެވެ.
މިއަދު ގެޒެޓް ކުރި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާއިދު ތަންފީޒުކުރުމުގެ ޒިންމާގެ މަތިވެފައިވަނީ މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އިޤްތިޞާދީ ސިޔާސަތު ތަންފީޒުކުރުމުގެ ޒިންމާ އެ ވަގުތަކު ހަވާލުކޮށްފައިވާ ވުޒާރާ، އަދި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކެވެ.
މި ޤަވާއިދުގައި ބުނެފައިވާ ގޮތުން ސަރުކާރުގެ ހުރިހާ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި މި ޤަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަމަލުތަކާމެދު ފާރަވެރިވުމަށާއި އެފަދަ ކަންތައްތައް ބަލައި ފިޔަވަޅު އެޅުމަށް އެ އިދާރާއެއްގެ އެންމެ އިސްފަރާތުގެ ދަށުން އެ މަސައްކަތްކުރާނެ ވެރިޔަކު އައްޔަންކޮށް އެމީހަކަށް ފުރިހަމަ އިޚްތިޔާރާއި ބާރު ދޭންވާނެއެވެ.
މީގެ އިތުރުން އެ އިދާރާއެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރުން ވެސް އެމީހެއްގެ ޒިންމާގެ ތެރޭގައި ހިމަނާފައިވެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ މައްޗަށް ބާރު އޮތް ފަރާތްތަކުން ނުވަތަ އެ ތަނެއް ހަވާލުވެ ހިންގާ ފަރާތަކުން މި ޤަވާޢިދު ތަންފީޒުކުރުމަށް ޒިންމާވާންޖެހެއެވެ. އަދި ހަމަ ފުލުހުންގެ އިދާރާ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް މަތިވެފައިވާ ޒިންމާ ވެސް ޤަވާޢިދުގައި ވަނީ ބަޔާންކޮށްފައެވެ.