ENGLISH

22 އޭޕްރީލު 2025

Advertisement

ރޯދައަށް މަޖިލީސް ޗުއްޓީއަށް ގޮސް، ފުރަތަމަ ދައުރު ކުރުކޮށްލަނީ

12 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ކުރިއަށް އޮތް ރޯދަ މަހު ޗުއްޓީއަށް ގޮސް، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މި އިސްލާހު ދިރާސާކުރުމަށްޓަކައި ރިޔާސަތުން ވަނީ މަޖިލިހުގެ އާއްމު ކޮމިޓީއަށް ފޮނުއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިފާޢު ހުށަހެޅުއްވި އިސްލާހު ގައި ވަނީ އަހަރުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށެވެ.

އެގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ފުރަތަމަ ދައުރުގެ ޖަލްސާތައް ބާއްވާ ގޮތަށް އޭނާ ހުށަހެޅުއްވި އެވެ. ދެވަނަ ދައުރު އޭޕްރިލް އިން ޖުލައި މަހަށް ހިނގާ ގޮތަށް ހުށަހެޅުއްވިއިރު ތިން ވަނަ ދައުރު ބާއްވަން ހުށަހަޅުއްވާފައިވަނީ ސެޕްޓެމްބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ނަމަވެސް މިއަހަރުގެ ފުރަތަމަ ދައުރު، މި ހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް މެމްބަރުގެ އިސްލާހުގައިވެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތް:

  • ފުރަތަމަ ދައުރު: ފެބްރުއަރީ އިން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް
  • ދެވަނަ ދައުރު: ޖޫން މަހުން ފެށިގެން އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް
  • ތިން ދައުރު: ހިނގާ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް



ކިޔުންތެރިންގެ ހިޔާލު