ENGLISH

07 ޖުލައި 2025

Advertisement

އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އަަޅާ ދެ މިސްކިތް މި އަހަރު އަދި ތިން މިސްކިތް އަންނަ އަހަރު ނިމޭނެ

11 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އެސްޖޭ ކޮންސްޓްރަކްޝަންއިން ހުޅުމާލޭގައި އަޅަމުންދާ މިސްކިތް، ފޮޓޯ: ގޫގްލް

އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އަޅަމުންދާ މިސްކިތްތަކުގެ ތެރެއިން ދެ މިސްކިތެއްގެ މަސައްކަތް މި މަހު ނިންމައިލެވި އިތުރު ތިން މިސްކިތެއްގެ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

އެ މިނިސްޓްރީން މީޑިޔާއަށް މަޢުލޫމާތު ދެއްވި ގޮތުގައި ހުޅުމާލޭގައި ފަސް މިސްކިތެއް އެޅުމުގެ މަސައްކަތް އަމިއްލަ ފަރާތްތަކުން ކުރަމުންދެއެވެ. އޭގެ ތެރެއިން ދެ މިސްކިތެއްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމުގައި މިނިސްޓްރީން ވިދާޅުވެފައިވެއެވެ. 

މި އަހަރު މަސައްކަތް ނިމޭނެ ދެ މިސްކިތަކީ އަމިއްލަ ދެ ފަރުދުންކަމަށްވާ އަޙްމަދު ސަލީމާއި ޙަފީޒާ ސަަޢީދު ބިނާކުރައްވަމުންގެންދަވާ މިސްކިތާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އަޅަމުންދާ މިސްކިތެވެ. ސަލީމާއި ޙަފީޒާ ބިނާކުރައްވާ މަސައްކަތް މި އަހަރުގެ މޭ މަހުގެ ނިޔަަލަށް ނިމޭއިރު މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ. 

އެސްޖޭއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ މިސްކިތުގެ މަސައްކަތް ޑިސެންބަރު މަހުގައި ނިމޭނެކަމަށް ލަފާކުރެވޭއިރު، އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ ކޮންކްރީޓު އާޗްތައް ހެދުމުގެ މަސައްކަަތްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. 

އަންނަ އަހަރު ނިމޭނެކަމަށް އަންދާޒާކުރެވޭ ތިން މިސްކިތުގެ ތެރެއިން ފެޑޯ ޕްރައިވެޓް ލިމިޓެޑުން އަޅަމުންދާ މިސްކިތުގެ ކޮންކްރީޓު މަސައްކަތްތައް ކުރިއަށްދާއިރު އަންނަ އަހަރުގެ މާޗު މަހަށް އެ މިސްކިތް ނިމޭނެކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. 

އަދި ބެޗް ކޮންސްޓްރަކްޝަނުން އަޅަމުންދާ މިސްކިތުގެ ސިމެންތި ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު އަންނަ އަހަރުގެ މާޗު މަހަށް އެ މިސްކިތުގެ މަސައްކަތްވެސް ނިމޭނެކަމަށް އެ މިނިސްޓްރީން ލަފާކުރައްވަައެވެ. 

ސަންފްރަންޓު ކުންފުނިން އަޅަމުންދާ މިސްކިތުގައިވެސް މިހާރު ކުރަމުންދަނީ ކޮންކްރީޓު މަސައްކަތްތަކެވެ. އެ މިސްކިތްވެސް މާޗު މަހަށް ނިންމައިލެވޭނެ ކަމުގައި މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު