ENGLISH
07 ޖުލައި 2025
ފައިސާގެ ބޮޑު އިނާމަކާ އެކު އަންނަ ރަމަޟާން މަހު އެމްއެމްޓީވީން ޤުރުއާން މުބާރާތެއް ބާއްވަނީ
11 ފެބްރުއަރީ 2025
|
ފައިސާގެ ބޮޑު އިނާމަކާ އެކު އަންނަ ރަމަޟާން މަހު ޤުރުއާން މުބާރާތެއް ބާއްވަން އެމްއެމްޓީވީން ނިންމައިފި އެވެ.
ފަސް ޢުމުރުފުރާއަކަށް ބަހާލައިގެން "شفاء ورحمة" ގެ ނަމުގައި ބާއްވާ މި މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި 180،000 ރުފިޔާ ވަނީ ހުށަހަޅައިފައެވެ. މިއީ ބަރަކާތްތެރި ރަމަޟާން މަހު ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތެވެ.
މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ބައިވެރިއަަކު ވެސް ހުށަހަޅަން ޖެހޭނީ ޤުރުއާން ކިޔެވުމަށް ފަހު ވީޑިއޯ ރެކޯޑިންއެކެވެ. ވީޑިއޯ ރެކޯޑިން ހުށަހަޅާނީ އެޗްޑީ ނުވަތަ 4ކޭ ރިޒޮލިއުޝަންގައި ލޭންޑްސްކޭޕް ފޯމެޓަށެވެ. ފޮނުވާ ވީޑިއޯ ހުންނާނީ ކޮލިޓީކޮށް މަންޒަރު ސާފުކޮށް އަދި އަޑު ވެސް ސާފުކޮށެވެ. ކޮންމެ ބައިވެރިއަކު ވެސް ޤުރުއާނުން 7-10 ފޮޅުވަތާ ދެމެދުގެ މިންވަރެއް ކިޔެވުން ހުށަހަޅަން ވާނެ އެވެ. ކޮންމެ ބައިވެރިއެއްގެ ކިޔެވުން ވެސް ފަސް މިނިޓަށް ވުރެ ދިގުވެގެން ނުވާނެ އެވެ. ޤުރުއާން ކިޔެވުމުގެ ވީޑިއޯ ރެކޯޑިން ފޮނުވާނީ ޓެލެގްރާމް މެދުވެރިކޮށް އެމްއެމްޓީވީގެ މޯބައިލް ނަމްބަރު 9461115 އަށެވެ.
މުބާރާތަށް އިންސާފުކުރާ ޢުމުރުފުރާތައް:
ކޮންމެ ޢުމުރުފުރާއަކުން ވެސް 1 ވަނަ 2 ވަނަ 3 ވަނަ އަދި އެންމެ މޮޅު 10 ބައިވެރިން ހޮވާ ފައިސާގެ ޢިނާމް އެމްއެމްޓީވީން ދޭނެ އެވެ. އަދި ހެޔޮ އެދޭ އެހެން ފަރާތްތަކުން ވެސް ވަނީ ޢިނާމް ހުށަހަޅައިފައެވެ.
ބައިވެރިންގެ ކިޔެވުން ފޮނުވާނީ ފެބްރުއަރީ 11 ވަނަ ދުވަހު ހަވީރު 4 އިން ފެށިގެން ފެބްރުއަރީ 26 ވަނަ ދުވަހުގެ ހަވީރު 4 އަށެވެ.