ENGLISH

07 ޖުލައި 2025

Advertisement

މަސް ބަންދުކުރާ ފެސިލިޓީގެ މަސައްކަތް މިއަހަރު މެދު ތެރޭގައި ފަށަނީ

11 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މަސް އެކްސްޕޯޓު ކުރަން ހުޅުމާލެގައި ގާއިމުކުރާ ޕެކިން ފެސިލިޓީގެ މަސައްކަތް މިއަހަރު މެދު ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާމް ވަނީ، ރާއްޖޭގައި ބޮޑު ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ،  ރާއްޖޭގައި ކަންނެލި ގަންނަ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގެއްކަމަށް  ކަނޑައަޅުއްވަން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަދައިގެންނެވި ވައުދު ފުއްދަވަން މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.

މީގެއިތުރުން ހުޅުމާލޭގައި ގާއިމުކުރާ މަސް ބަންދުކުރާ ފެސިލިޓީގެ މަޝްރޫޢަށް މިހާރު ފައިސާވެސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އިޢުލާނުކޮށް، މިއަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ލަފާކުރެއްވި އެވެ.

""އަޅުގަނޑުމެން މި އަންދާޒާކުރަނީ މިއަހަރުގެ މެދު ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް. މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީ އަޅުގަނޑުމެން މި އަންދާޒާކުރަނީ މި އަންނަ އަހަރުގެ މެދު ތެރެއަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށް" "

މިނިސްޓަރ ވިދާޅުވީ މި ފެސިލީޓީއާއެކު ވެސް އަގުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ފެސިލިޓީ އަކީ މަސް އެކްސްޕޯޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު