ENGLISH
07 ޖުލައި 2025
ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެެއް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވާކޮށްފި
10 ފެބްރުއަރީ 2025
|
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރަ.
ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެެއް ހޯދައިދިނުމާ ގުޅޭގޮތުން އެކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވާރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
މި މަޝްރާ ބައްދަލުވުމުގައި ބައިވެރިވީ ރާއްޖެ އަށް ޑޮކްޓަރީ ބޭސް އެތެރެކޮށް ފޯރުކޮށްދޭ އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއިންނެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު އެކި ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
މި ބައްދަލުވުމުގައި ނިންމުނު އެއް ކަމަކީ ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމެވެ. މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ އެވެ. މި ބައްދަލުވުމުގައި ދެން ނިންމީ އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމުކުރުމަށެވެ.