ENGLISH
07 ޖުލައި 2025
ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރޯދަ އިނާޔަތް ދެނީ
10 ފެބްރުއަރީ 2025
|
ދައުލަތުގެ މުވައްޒަފުންނަށް ކުރިއަށް އޮތް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް، ފެބްރުއަރީ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު ދައުލަތުގެ އިދާރާތަކަށް އަންގަވައިފިއެވެ.
ދައުލަތުގެ މުވައްޒަފުންނާއި ޕްރައިވެޓް އޮފީސްތަކުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނަށް ކޮންމެ ރަމަޟާން މަހަކު ދެނީ 3000 ރުފިޔާއެވެ. އެއީ ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ، ކޮންމެހެން ދިނުން ޤާނޫނުގައި މަޖުބޫރުކުރާ އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އިދާރާތަކަށް ފޮނުއްވި ސަރކިއުލަރގައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަމަޟާން އިނާޔަތް ދިނުމަށްޓަކައި، މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށް އެދިވަޑައިގެންފައެވެ.
ސަރކިއުލަރގައިވާ ގޮތުން ރަމަޟާން މަހުގެ އިނާޔަތް ލިބޭނީ ކޮންމެ މުވައްޒަފަކު ވެސް އަސާސީ ވަޒީފާ އަދާކުރާ އޮފީހުންނެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ، "ޕޭ ލީވް" އާއި "ނޯ ޕޭ" ލީވްގައި ތިބި މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ލިބޭނީ، ރަމަޟާން މަހުގެ ތެރޭގައި ޚިދުމަތަށް ނުކުމެއްޖެ ނަމަ ކަމަށެވެ. އެ ޙާލަތުގައި އެދުވަހުން ފެށިގެން ރަމަޟާން މަހުގެ އިނާޔަތް މުވައްޒަފުންނަށް ދިނުމަށް ވަނީ އަންގަވައިފައެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށޭނީ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ.