ENGLISH
22 އޭޕްރީލު 2025
ރަމަޟާން މަހުގެ ޢުމްރާވެރިންގެ ޑެބިޓް ކާޑް ލިމިޓަށް އިތުރު 1500 ޑޮލަރު ދިނުމަށް ރައީސް އަންގަވައިފި
10 ފެބްރުއަރީ 2025
|
މި އަހަރުގެ ރަމަޟާން މަހު ރާއްޖެއިން އުމްރާއަށްދާ މީހުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު އިތުރުކޮށްދޭން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބީއެމްއެލް އަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެެމްއޭ) އަށް އަންގަވަފި އެވެ.
މިއަހަރު ރަމަޟާން މަހު ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބީއެމްލް އަށާއި އެމްއެެމްއޭއަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޢުމްރާވެރިންގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑްގެ ލިމިޓް އިތުރުކުރެއްވުމަށް ނިންމެވީ ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު ޑެބިޓް ކާޑުގެ މިހާރުގެ ލިމިޓަކީ 250 ޑޮލަރެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ބީއެމްއެލްގެ ޑެބިޓް ކާޑަށް މިހާރު ކަނޑައަޅާފައި އޮންނަނީ 750 ޑޮލަރެވެ. އެހެންކަމުން މި އަހަރު ރާއްޖެއިން އުމްރާއަށްދާ ކޮންމެ މީހެއްގެ ބީއެމްއެލް ޑެބިޓްކާޑްގެ ލިމިޓަށް 1،500 އިތުރުވެގެން ދިއުމާއެކު އެ އަދަދު 1،750 ޑޮލަރަށް ބަދަލުވާނެ އެވެ. އަދި މީގެ އިތުރުން ކޮންމެ ޓިކެޓަކަށް ބީއެމްއެލް އިން 500 ޑޮލަރު ގަނެވޭނެއެވެ.
ކޮންމެ އަހަރަކު ވެސް ރާއްޖެއިން ރަމަޟާން މަހު ގިނަ ޢަދަދެއްގެ މީހުން އުމްރާއަށް ދެއެވެ.