ENGLISH
22 އޭޕްރީލު 2025
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މާދަމާ
05 ފެބްރުއަރީ 2025
|
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޚާއްސަ ޖަލްސާ މާދަމާ ހެނދުނު އޮންނާނެ އެވެ.
މިއީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ދެވަނަ ރިޔާސީ ބަޔާނެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ދައުރު ފަށާ ޖަލްސާއެވެ. މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ބާއްވާ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ. އެ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާ ބަޔާނަކަށް ވާންވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބާއްވާ މި ޖަލްސާގައި، ސަރުކާރުގެ އިސްވެރިންނާއި، އުއްތަމަ ފަނޑިޔާރާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވަފައި ތިއްބާ ސަފީރުންނާއި، އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިޔާ މަޖިލިސް ކުރާ ގެއަށް ވަޑަައިގަތުމުން މަރުހަބާ ދަންނަވާނީ، މަޖިލީހުގެ ރައީސްވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ކުރުނީހެއް ވެސް އަރުވާނެއެވެ.
ކޮންމެ އަހަރެއްގެ ވެސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.