ENGLISH
22 އޭޕްރީލު 2025
ރައީސް މޮޅަދޫއަށް، ހޫނު މަރުޙަބާއެއް ދަންނަވައިފި
30 ޖެނުއަރީ 2025
|
ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙަައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މޮޅަދޫއަށް އެމަނިކުފާނު ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މިއީ މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާ އަށް ވަނަ ރަށެވެ. މިދަތުރުފުޅަކީ ރާއްޖޭގެ ރަށްރަށަށް އެ ރަށްރަށުގެ ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ކުރައްވަމުންގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މިހާތަނަށް ވަޑައިގެންނެވި ރަށްރަށުގައި މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ މުހިއްމު ބައެއް މަޝްރޫއުތައް އެމަނިކުފާނު އިފުތިތާހުކޮށްދެއްވާފައިވެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ބައެއް ރަށްރަށުގައި ކައުންސިލުތަކުގެ އައު އިމާރާތްތަކާއި ފުލުސް ސްޓޭޝަނުގެ އިމާރާތްތަކުގެ ބިންގާ އަޅުއްވާފައިވެއެވެ.
މިއަދު މޮޅަދޫއަށް ކުރައްވާ ޒިޔާރަތުގައި އެ ރަށުގެ ކައުންސިލާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ރަށު ކައުންސިލުގެ އިތުރަށް އެ ރަށުގެ ރައްޔިތުންނާވެސް ރައީސް ބައްދަލުކުރައްވާނެއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުފުޅުތަކުގައި މި އަހަރު ސަރުކާރުން ހިންގަވަން ނިންމަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާނެއެވެ.