ENGLISH
22 އޭޕްރީލު 2025
ރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ އެކުލަވާލުމާ ރިޕޯޓުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2025
|
ގްރީންހައުސް ގޭސް (ޖީއެޗްޖީ) އިންވެންޓްރީ އެކުލަވާލުމާއި ރިޕޯޓުކުރުމަށް މުވައްޒަފުން ތަމްރީނުކޮށް، މަސައްކަތު ބައްދަލުވުމެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، އެންޑް އެނާޖީން ބާއްވައިފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓެއްގައި، ވިދާޅުވީ އެ މަސައްކަތު ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ބައްދަލުވުމަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ފަންޑިން އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) ގެ އެހީތެރިކަމާ އެކު ހިންގާ "ކެޕޭސިޓީ ސްޓްރެންތެނިންގ ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް (ސީބީއައިޓީ މޯލްޑިވްސް)" މަޝްރޫއުގެ ދަށުން ބޭއްވި ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން، އެ ބައްދަލުވުމުގައި މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓާއި ރައީސް އޮފީހުގެ ޖުމްލަ 14 މުވައްޒަފުން ބައިވެރިވި ކަމަށާއި އެ ބައްދަލުވުމުގެ މަގްސަދަކީ ޖީއެޗްޖީ އިންވެންޓްރީ އެކުލަވާލުމާއި ރިޕޯޓުކުރުމުގެ ޓެކްނިކަލް ގާބިލުކަން އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވީ އެ ތަމްރީނު ޕްރޮގްރާމަކީ ސީބީއައިޓީ މޯލްޑިވްސް މަޝްރޫއުގެ ދަށުން ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ސީދާ ގޮތެއްގައި ހިއްސާކުރާ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ޖީއެޗްޖީ އިންވެންޓްރީ އެކުލަވާލުމާއި ރިޕޯޓުކުރުމާ ގުޅޭ ހަތަރު ވޯކްޝޮޕުގެ ތެރެއިން ދެ ވޯކްޝޮޕް އަދި ކިއުއޭ/ކިއުސީ އާ ގުޅޭ ތިން ވޯކްޝޮޕުގެ ތެރެއިން އެއް ވަރކްޝޮޕް ހިމެނެއެވެ.