ENGLISH
22 އޭޕްރީލު 2025
އިޤްތިޞާދީ އަދި މެރިޓައިމް ސެކިއުރިޓީ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އިންޑިއާއާއެކު ފަށައިފި
29 ޖެނުއަރީ 2025
|
ފޮރިން އެފެއާޒް މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިމަގަށް ބައްޓަންކުރާނެ ގޮތުގެ "އަ ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓި ޕާޓްނަރޝިޕް" ގެ ހައިލެވެލް ކޯ ގްރޫޕުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން މިއަދު މާލޭގައި ބާއްވައިފި އެވެ.
މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުން ވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބައިލޭޓްރަލް އެއްބަސްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި، ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ޓްރޭޑް އެންޑް ކޮމާސް، ޑިޖިޓަލް ފައިނޭންސިންގ، ހެލްތު ކޯޕަރޭޝަންގެ އިތުރުން ޑިފެންސް އަދި މެރިޓައިމް ސެކިއުރިޓީއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ދެގައުމުގެ މެދުގައި މުހިއްމު އިޤްތިޞާދީ އަދި މެރިޓައިމް ކަރުދާހުގެ އެބަސްވުމަކަށް ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައެވެ.
އިންޑިއާގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އަ ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓި ޕާޓްނަރޝިޕްގައި މުހިއްމު ހަ ދާއިރާއެއް ހިމެނޭ ކަމަށެވެ.
މައިގަނޑު ހަ ދާއިރާގެ ތެރޭގައި ހިމެނެނީ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ވިޔަފާރި އަދި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހި ކުރުމާއި، ޑިޖިޓަލް އަދި މާލީ އިނީޝިއޭޓިވްސްތަކާއި އެނާޖީ ޕްރޮޖެކްޓްސްތަކާއި ހެލްތުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި މެރިޓައިމް އަދި ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމެވެ.
އިޤްތިޞާދީ އަދި މެރިޓައިމް ސެކިއުރިޓީ އެއްބަސްވުމާއި ގުޅޭ ދެވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައެވެ. އެ ބައްދަލުވުން އިންޑިއާގައި ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ.