ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސްއަށް، ހޯރަފުށިން ވެސް ހޫނު މަރުހަބާއެއް

29 ޖެނުއަރީ 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް މިރޭ އިރާކޮޅު ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޯރަފުއްޓަށް ވަޑައިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުމެ ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ގިނަ ވަގުތުތަކެއް ވަނީ ހޭދަ ކުރައްވައިފައެވެ. 

ހޯރަފުއްޓަށް ރައީސް މި ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި އިމާރާތްކޮށްފައިވާ ހާފްވޭ ހައުސް ހުޅުއްވައިދެއްވާނެ އެވެ. އަދި ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ އެވެ. 

ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު