ENGLISH
22 އޭޕްރީލު 2025
މުރައިދޫ އޭޓީއެމް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
28 ޖެނުއަރީ 2025
|
މުރައިދޫ އޭޓީއެމް ބެހެއްޓުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ހއ.މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ބޭންކާއި އެ ރަށު ކައުންސިލުގެ މެދުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފާއި އެ ރަށު ކައުންސިލުގެ ރައީސެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެކެވެެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މުރައިދޫއަށް ވަޑައިގަތުމާއެކު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފަައިވާއިރު، މުރައިދޫ ރަށު ކައުންސިލު އިދާރާގެ އައު ޢިމާރާތާއި އެ ރަށުގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަނުގެ ޢިމާރާތުގެ ބިންގާވެސް އަޅާފައިވެއެވެ.
ކައުންސިލު އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙުސާނެވެ.
މިއަދު މުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ކޮންމެ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމުވާންޖެހެއެވެ. އާބާދީ ބޮޑެތި އަދި ކުދި ރަށްތަކުގައިވެސް އޭޓީއެމް ހުންނަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އޭޓީއެމްތައް ޤާއިމުކުރުމުގައި ބީއެމްއެލްއިން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ބޭންކަކީ ޙަޤީޤީ މާނާގައި ރައްޔިތުންގެ ބޭންކުކަން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ.