ENGLISH

22 އޭޕްރީލު 2025

Advertisement

ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރައްވައިފި

28 ޖެނުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިބްރާހީމް ފައިޞަލު އެ މަޤާމުން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަކިކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދި ދެންމެ އާންމުކުރެއްވި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިޞަލް އެ މަޤާމުން މިއަދު ރައީސް ވަކިކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރެއްވި ސަބަބާ ގުޅޭ އެއްވެސް ތަފުޞީލެއް ރައީސް އޮފީހުން ހާމަނުކުރައްވައެވެ. 

އިތުރަށް ރައީސް އޮފީހުން ވިދާޅުވެފައިވަނީ ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުން އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓާ މުޙައްމަދު ސަޢީދާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާފައިވާ ކަމަށެވެ. 

ފައިސަލް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކުރެއްވީ، ރައީސް މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު 17 ނޮވެމްބަރު 2023ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު