ENGLISH
22 އޭޕްރީލު 2025
އޯޓީޕީއެއް ނޫން، މިހާރު ހޯދަނީ ފްލޭޝް ކޯލްގެ ނަމްބަރު!
28 ޖެނުއަރީ 2025
|
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް
މަކަރާއި ހީލަތުން އެކައުންޓްތަކުން ފައިސާ ފޭރުމުގައި ސްކޭމަރުން އާ އުކުޅެއް ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވާން ފުލުުހުން އެދިވަޑައިގެންިއެވެ.
ފުލުހުން ވިދާޅުވީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ)ގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުން ކުރުން އިތުރުވަމުން އަންނައިރު، މަކަރާއި ހީލަތުން އެ ކޯޑު ހޯދައި އެކައުންޓްތައް ސްކޭމަރުންގެ އަތްދަށަަށް ގެންނަ ކަމުގައެވެ.
ފްލޭޝް ކޯލްސްއަކީ އޯޓީޕީގެ ބަދަލުގައި މިހާރު އާއްމުވަމުން އަންނަ އޮތެންޓިކޭޝަން މެތަޑެކެވެ. ފްލޭޝް ކޯލްސް އަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަމްބަރު ނުވަތަ މިސް ކޯލް ލިބޭ ނަމްބަރުގެ ފަހު އަކުރުތަކަކީ އޮތެންޓިކޭޝަން ކޯޑެވެ.
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުން ވިދާޅުވި ގޮތުގައި އެ ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފި ނަމަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ. އެ ކޯލުން ލިބޭ ކޯޑް އެހެން ފަރާތްތަކާ ހިއްސާ ނުކުރަން ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކުރައްވަ އެވެ.
އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭޝް ކޯލްސް މަސައްކަތްކުރާ ގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރިވުމަށް ފުލުހުން އިލްތިމާސްކުރައްވަ އެވެ. އަދި އިތުރު އެއްވެސް ފަރާތަކަށް، ތިމާގެ ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް
ފާއިތުވެދިޔަ އަހަރުގެ ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައިި މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ މައްސަލަތައް ހިމެނެއެވެ.