ENGLISH
22 އޭޕްރީލު 2025
ރޯދަ މަހު މޮރޮކޯގައި ދީނީ ތަޤްރީރު ކުރެއްވުމަށް ވަޒީރު ޑރ. ޝަހީމަށް ޚާއްސަ ދަޢުވަތެއް
28 ޖެނުއަރީ 2025
|
މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ، އިސްލާމިކް މިނިސަޓަރ ޑރ. ޝަހީމަށް އެގަައުމުގެ ސަރުކާރުން ދެއްވި ދަޢުވަތު ހަވާލު ކޮށްދެއްވަނީ. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މޮރޮކޯގައި ރަމަޟާން މަސް އިޙުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ "ހަސަނީ ފިލާވަޅު" ގައި ތަޤްރީރު ކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ދަޢުވަތު ދެއްވައިފިއެވެ.
މޮރޮކޯ ސަރުކާރުގެ ފަރާތުން، މި ދައުވަތު ހަވާލުކޮށްދެއްވާފައިވަނީ މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ، ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ، ވަޒީރު ޑރ. ޝަހީމްއާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މޮރޮކޯގައި ރަމަޟާން މަސް އިޙުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ "ހަސަނީ ފިލާވަޅު" އަކީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު 6 ވަނައިގެ ބެއްލެވުމުގެ ދަށުން މޮރޮކޯގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ. މި ސެޝަންތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ ސެޝަންތަކެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްްވުމުގައި ވަޒީރު ޝަހީމް ވަނީ މޮރޮކޯގެ އެމްބެސެޑަރ އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ވަނީ ދިވެހި ރާއްޖެ އާއި މޮރޮކޯއާ ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް ވަޒީރު ވަނީ އަރުއްވާފައެވެ. އަދި މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.