ENGLISH

22 އޭޕްރީލު 2025

Advertisement

އިދިކޮޅުން ކުރާ ކަންތައްތަކާ ރައްޔިތުން މިހާރު އަޅައެއް ނުލައި: ޑެޕިއުޓީ މިނިސްޓަރ ނިޝާން

28 ޖެނުއަރީ 2025

|

ރާޔާ ރިޒާ

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ޑެޕިއުޓީ މިނިސްޓަރ ނިޝާން ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއެމް

އިދިކޮޅު ޕާޓީން މިހާރު ކުރާ ކަންކަމަށް ދިވެހިން މިހާރު އަޅާނުލާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަލީ ނިޝާން ވިދާޅުވެއްޖެއެވެ. 

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ ރާއްޖެ އަށް ދަތި ހާލަތެއް މެދުވެރިވެފައި ވަނިކޮށް މި ސަރުކާރުން ނިންމާފައި ވަނީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނިންމާފައި ނުވާފަދަ ނިންމެވުންތަކެއް ކަމަށެވެ. މީގެ ކުރީގައި ނުވެހުރި ވަރަށް ގިނަ ކަންކަން މިހާރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރާއި ދޭތެރޭ ރައްޔިތުން ކުރި އުންމީދު ހަގީގަތަކަށް ހެދުމަށް، އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަންފާއަށް ވިސްނައިގެން މި ސަރުކާރުން އަމަލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ. 

"ޤައުމު ހަމަމަގަށް އެޅުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ރައީސް ކުރެއްވި. މީގެ ކުރިން އެހެން ވެރިން ނުނަންގަވާފަދަ ވަރަށް އެހެންކަހަލަ ނިންމުންތައް ނަންގަވަމުން އެގެންދަވަނީ. ސިޔާސީ ފައިދާތަކަށްވުރެ ބޮޑަށް ރައްޔިތުންނަށްޓަކައި މަސައްކަތްކުރެވޭތަން އަޅުގަނޑުމެންނަށް ފެނޭ ހަމަ. އެގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް މީގެ ކުރިން ހަމަ ނުވެ ހުރި ވަރަށް ގިނަ ކަންކަމަަށް ފޯކަސް ކުރެވިގެން އެޓެންޑްވެގެން ދާ މަންޒަރު އަޅުގަނޑަށް ފެންނަނީ." -  ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ނިޝާން

ނަތީޖާއެެއްގެ ގޮތުން، ރައީސްގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާކަމަށް ގަބޫލުކުރެވޭ ކަމަށް ނިޝާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު