ENGLISH
22 އޭޕްރީލު 2025
އޭލެވެލްއަށް ކިޔެވުމުގެ ޖާގަ، މާލޭގައި އިތުރުކުރުމުގެ މަސައްކަތް މި އަހަރު ފަށަނީ
27 ޖެނުއަރީ 2025
|
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު
މާލޭގައި އޭލެވެލްއަށް ކިޔަވަން ޖަގަ އިތުރުކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ "އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއު" ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ރައީސްގެ އިރުޝާދުފުޅާ އެއްގޮތަށް ޖާގަ އިތުރުކުރުމުގެ އިންފްރާސްޓްރަކްޗަރގެ އައު މަސައްކަތްތަކެއް ކުރިއަށްގެ ންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ޒުވާނުންނަށް ދިމާވާ އެކި މައްސަލަތަކުގެ ހައްލު ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ މިކަމަށް ޚާއްސަ ޕައިލެޓު ޕްރޮގުރާމެއް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭއްވި މި ޕްރޮގްރާމްގެ ސަބަބުން އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު 109 އިންސައްތަ އިތުރުކުރެވިފައިވެއެވެ. އަދި އަތޮޅުތެރޭގައި އޭލެވެލްއަށް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 54 އިންސައްތަ މަތިކުރެވިފައިވެއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސަމިޓުގައި ތަޢުލީމީ ދާއިރާއަށް ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.