ENGLISH
22 އޭޕްރީލު 2025
މި ފެށޭ ރަމަޟާން މަހު ހިލޭ ބެހުމަށް ކާޑުގެ ބާވަތްތަކާ އެކު ގއ. ނިލަންދޫއަށާއި ގއ. ދާންދޫއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައި ހުރިހާ ތަކެއްޗަކަށް ގެއްލުންވެއްޖެއެވެ.
ގއ. ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ފަރަށް އަރާފައިވަނީ "ލިއޯ ޓްރޭޑިން" ކުންފުނީގެ ދޯންޏެއް ކަމަށާއި ދޯނި ފަރަށް އަރާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މި ދޯނި އަރާފައިވަނީ ގއ. އެކެފަރު ނަމަކަށް ކިޔާ ފަރަށެވެ.
މި ހާދިސާގައި ދޯންޏަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު ފަރަށް އެރުމާ ގުޅިގެން ދޯނީގައި ހުރި ކާޑާއި އެހެނިހެން ތަކެއްޗަކަަށް ވަނީ ގެއްލުން ލިބިފައެވެ.
ފަރަށް އެރި ދޯނީގައި ހަނޑޫ، ހަކުރު އަދި ފުށުގެ 50 ކިލޯގެ 1،070 ބަސްތާގެ އިތުރުން ކަދުރު ވެސް ހިމެނޭ ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި މިއިން އެއްވެސް އެއްޗެއް ސަލާމަތް ކުރެވިފައެއް ނުވެއެވެ.
ލިއޯ ކުންފުންނިން ކޮންމެ އަހަރަކު ވެސް މި ދެ ރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާޑުގެ ބާވަތްތައް ބަހައެވެ. މިހާރު އަންނަނީ ދޯނި ފުންކުރުމުގެ މަސައްކަތް، ލިއޯ ޓްރޭޑިން އާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުންނެވެ.