ENGLISH
22 އޭޕްރީލު 2025
"ޙާލު ކިހިނެއް؟" ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2025
|
އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ކާމިޔާބުކަމާ އެކު ބާއްވައިފިއެވެ.
ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާއި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓީމާ އެކު ކުޅުދުއްފުށީ ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 18 އިން 25 ގެ ނިޔަލަށެވެ.
އެގޮތުން ތަފާތު ދެ ފިޔަވައްސަކަށް މި ޕްރޮގްރާމު ކުރިއަށް ގެންގޮސް، ކުޅުދުއްފުށީ ސިޓީގެ 1300 އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނިވި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވެއެވެ.
ކުޅުދުއްފުށީ ސިޓީގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްވަރާކޮށް، ކާމިޔާބުކަމާއެކު މި ޕްރޮގްރާމު ނިންމަލާފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ކުޅުދުއްފުށީގައި ޤާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާއި، ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ދިން އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ޝުކުރުއަދާކޮށްފައިވެއެވެ.