ENGLISH
22 އޭޕްރީލު 2025
2023 ގެ ލޯންޗު އެކްސިޑެންޓް: މަރުގެ މައްސައިިގައި ދެ މީހަކަށް ދަޢުވާކުރަނީ
27 ޖެނުއަރީ 2025
|
މަރުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ ލޯންޗުތައް ދުއްވި މީހުންނަށް
ދެހާސް ތިން ވަނަ އަހަރު ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު ނިޔާވި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެެ އޮފީހަށް އަަނެެއްކާވެސް ފޮނުވައިފި އެވެ.
އޭޕްރީލް 29، 2023 ވަނަ ދުވަހު 4:42 ހާއިރު “ސަސް އީ ސްޕީޑް” ލޯންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ ހަވީރު 6:15 އެހައިކަންހާއިރުއެވެ.
މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ. ނޮޅިވަރަމް / ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) ގެ މައްޗަށެވެ. މި ދެ މީހުންނަކީ، ފުލުހުން ވިދާޅުވި ގޮތުގައި، އެ ދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުންނެވެ.
މި މައްސަލައިގެ ތަހުޤީޤު ނިންމައި އެ ދެ މީހުންގެ މައްޗަށް ޖިނާޢީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް 2023 ޖޫން 4 ގައި ވެސް ފުލުހުން ފޮނުވި އެވެ. އެހެން ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެ ވަނަ ފަހަރަށް އެ މައްސަލަ ވަނީ މި މަހުގެ 15 ގައި ފޮނުވާފަ އެވެ.