ENGLISH
22 އޭޕްރީލު 2025
ޓޫރިސްޓް ވިސާގައި ރާއްޖެ އައި ޗައިނާ އަންހެނަކު ގެއްލިގެން ހޯދަނީ
27 ޖެނުއަރީ 2025
|
ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ސޫ ޒިއޯނިންގ (30އ) ކަމަށެވެ.
ސޫ ޒިއޯނިންގ ރާއްޖެ އައި ފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ އެކު އޭނާ ހޯދުމަށްޓަކައި ފުލުހުން، ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރެވި، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދެއެވެ.
ޓޫރިސްޓް ވިސާގައި ސޫ ޒިއޯނިންގ ރާއްޖެ އައިސްފައި ވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހު އެވެ. އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމަށާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައި ނުވާކަން ތަހުޤީޤަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައެއް ނުވެއެވެ.
ފުލުހުން ވަނީ ސޫ ޒިއޯނިންގއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.