ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނޮކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕެއް ބާއްވައިފި

27 ޖެނުއަރީ 2025

|

އާމިނަތު މައިހާ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އާއި ސޮސައިޓީ އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓްސް އޮފް މޯލްޑިވްސް (އެސް.އޯ.ޖީ.އެމް) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނޮކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕް ފައްޓަވައިދެއްވަމުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދިވެހި ރާއްޖޭގައި ގައިނެކޮލޮޖީގެ ފަރުވާ ކުރިއެރުވުމަށް މި ހަރަކާތަކީ މުހިންމު ހަރަކާތެއް ކަމަށެވެ. 

މި ވޯކްޝޮޕްގައި ގައިނެކޮލޮޖިސްޓުންނާއި އޮޕަރޭޓިންގ ރޫމް ނަރުހުންނަށް ޢަމަލީ ތަމްރީނު ދިނުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ ހަތް ގައިނެކޮލޮޖިސްޓުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިއުމުގައި ޗައިނާގެ ބެއިޖިންގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ޕްރޮފެސަރ ޑރ. ޝިއައުމިންގް ގޮންގް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި މި ވޯކްޝޮޕްގެ ސަބަބުން ދިވެހިރާއްޖޭގައި މިހާރުވެސް އަންހެނުންގެ ޚާއްސަ ބަލިތަކުގެ ފަރުވާއަށް ލިބެންހުރި ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެއެވެ. އަދި އަންހެނުންގެ ބަލިތަކަށް ޚާއްސަ ދިވެހި ސާޖަނުންނަށް މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.

މިކަމަކީ އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން އެ ކަނބަލުންގެ ސިއްޙަތަށް އަހަންމިއްޔަތުކަން ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު