ENGLISH

22 އޭޕްރީލު 2025

Advertisement

ގްލޯބަލް ލޭބާރ މާކެޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ހައިދަރު ސަޢުދީއަށް

27 ޖެނުއަރީ 2025

|

ރާޔާ ރިޒާ

ރަސްމީ ދަތުރުފުޅެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ މިނިސްޓަރ ޙައިދަރު ސައުދީއަށް ވަޑައިގަންނަވަނީ ގްލޯބަލް ލޭބާ މާކެޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. 

ސައުދީގެ ވެރިރަށް ރިޔާޒުގައި މި ކޮންފަރެންސް ބާއްވާނީ މި މަހު 28- 30 އަށެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 45 އަށްވުރެ ގިނަ ވަޒީރުން އެއް މޭޒެއްގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

މި ބައްދަލުވުމުގައި ބިޒްނެސް ލީޑަރުން، ގާނޫނު ހަދާ ފަރާތްތަކާއި އެކި ގައުމުތަކުގެ ލޭބަރ މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ލޭބާ މާކެޓް ތަމްރީން ކުރުމާއި ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ދުވަސްވާ އުމުރުގެ މީހުން ވަޒީފާ އަދާކުރުން ފަދަ ކަންތައްތަކާ ގުޅޭގޮތުންނެވެ. 

މީގެ އިތުރަށް ވެސް ތިމާވެށްޓާއި ރައްޓެހި މާހައުލަކަަށް އަހުލުވެރި ކުންފުނިތަކުގައި ވަޒީފާ އަދާކުރުންފަދަ ތަފާތު ޒަމާނީ ބަދަލުތަކަށް ލޭބާ މާކެޓް އަހުލުވެރިކުރެވޭނެ ގޮތްތަކަށް މި ކޮންފަރެންސްގައި އަލިއަޅުވާލާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު