ENGLISH
06 ޖުލައި 2025
ޔުނެސްކޯއިން ރާއްޖޭގައި ބޭއްވި މަތީ ތަޢުލީމާ ބެހޭ ޤަވާއިދުތަކާ ގުޅޭ ބައްދަލުވުން ނިންމާލައިފި
27 ޖެނުއަރީ 2025
|
"ޔުނެސްކޯ ނޭޝަނަލް އެސެސްމަންޓް އޮން ދަ ޓޯކްޔޯ އެންޑް ގްލޯބަލް ކޮންވެންޝަން" ގެ ނަމުގައި ޔުނެސްކޯ އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާ އިން ބޭއްވި ކޮންވެންޝަން އިވެންޓްތައް ނިންމާލައިފިއެވެ.
ޖަނަވަރީ 22 ގައި ފެށި މި ބައްދަލުވުމަކީ ޖަޕާނުގެ ޓޯކްޔޯ އަދި ދުނިޔޭގެ އެކި ޤައުމުތަކުގެ ނޭޝަނަލް އެސެސްމަންޓާއި މަތީ ތަޢުލީމާއި ގުޅޭ ޤަވާއިދުތައް އިސްލާހުކުރުމަށް އަމާޒުކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ. އެގޮތުން، މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން އެ އިދާރާގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ނޭޝަނަލް އެސެސްމަންޓާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
"ޔުނެސްކޯ ނޭޝަނަލް އެސެސްމަންޓް އޮން ދަ ޓޯކްޔޯ އެންޑް ގްލޯބަލް ކޮންވެންޝަން"ގެ ދަށުން މިފަދަ އިތުރު ތިން ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެގޮތުން، މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)، ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އަދި އެހެނިހެން މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ޔުނެސްކޯގެ އިސްބޭފުޅުން ބައްދަލުކުރައްވާފައި ވެއެވެ.
މިއަދު ބޭއްވި މި ކޮންވެންޝަންގެ އެންމެ ފަހު ބައްދަލުވުމުގައި ރާއްޖޭގެ މަތީ ތައުލީމާއި ގުޅޭ ޤަަވާއިދުތަކުގެ ޕްރެލިމިނަރީ ހޯދުންތައް ކަމާ ގުޅުންހުރި އިދާރާ އަދި މަރުކަޒުތަކާއި ހިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ.