ENGLISH
22 އޭޕްރީލު 2025
"ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" ވެގެންދާނީ ޑިޖިޓަލައިޒޭޝަނާއި އޭއައިގެ ވެސް މަޢުރަޒަކަށް
26 ޖެނުއަރީ 2025
|
ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބަހައްޓާފައިވާ ބައެއް ތަކެތި. --ފައިލް ފޮޓޯ
ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދައްކާލުމަށް މީގެ އަހަރުތަކެއް ކުރިންސުރެ ވެސް ސަރުކާރުން ޤައުމީ ފެންވަރުގައި މަޢުރަޒުތައް ބާއްވާފައިވެއެވެ. ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އިސްކަންދަރު ސްކޫލްގައި ބާއްވަމުން އައި މަޢުރައުޒުތަކުގައި ފެނިފައި ވަނީ ކުރެހުމާއި ބޮޑު އަކުރު ލިޔުމާއި ލިޔެލާ ޖެހުމުގެ ހުނަރާއި ވިއުމާއި ކިއްސަރު ވަޑާމުގެ ހުނަރެވެ.
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޑރ. އާއިޝަތު ޝަހުދާ ޢަބްދުއްﷲ ވިދާޅުވި ގޮތުގައި މެއި މަހު ބާއްވަން ހަމަޖައްސާފައިވާ "ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" ވެގެންދާނީ، ކުރިން ބާއްވަމުން އައި މަޢުރަޒުތަކާއި ޚިލާފަށް ވަރަށް ތަފާތު ގިނަ ކަންތައްތަކެއް ފުރިހަމަވެގެންދާ މަޢުރަޒަކަށް ކަމަށެވެ. ތަފާތު ދިވެހި އުފެއްދުންތައް ދައްކާލުމުގެ އިތުރުން މި މަޢުރަޒުން ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލައިޒޭޝަން އެހެން ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާ ކަމަށާއި، ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ވެސް އާ ދޮރުތައް ހުޅުވިގެންދާނެކަމަށް ޝަހުދާ ވިދާޅުވިއެވެ.
ޝަހުދާ ވިދާޅުވި ގޮތުގައި މެއި މަހުގެ 23 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މަޢުރަޒުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކާއި ރަށްތަކާއި ސިޓީތަކާއި ތަޢުލީމީ މަރުކަޒުތަކާއި ޚާއްޞަ އެހީއަށް ވޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. މިހާތަނަށް ވެސް ވަރަށް ގިނަ ފަރާތްތަކަކުން މި މަޢުރަޒުގައި ވަނީ ބައިވެރިވެފައެވެ.
ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕްރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ މަޢުރަޒުގައި ފަސް ދާއިރާއެއް ހިމެނޭ ކަމަށް ޝަހުދާ ވިދާޅުވިއެވެ.
އެއީ:
ޝަހުދާ ވިދާޅުވި ގޮތުގައި ވާދަކުރެވޭ ޑިސްޓްރިކްޓްގައި 81 ކެޓަގަރީ އިން ތަކެތި ބައިވެރިކުރެވޭނެއެވެ. އޭގެ ތެރޭގައި އޭއައި އާއި ޑިޖިޓަލް އީޖާދުތަކާއި ޓެކްނޮލޮޖިކަލް އުފެއްދުންތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކްސްޕޯއަށް (މަޢުރަޒަށް) ޚާއްޞަކޮށް ޑިޖިޓަލް އެންޑް އިނޮވޭޝަން ޑިސްޓްރިކްޓެއް ހަދާފައިމިވަނީ، މިއީ އަނެއްކާވެސް ޑިޖިޓަލް އަދި އޭއައި، ދިވެހިންގެ ތެރެއިން އުފެއްދުންތެރި ގޮތަކަށް، އީޖާދީ އުފެއްދުންތައް ކިހިނެތްތޯ ހަދާނީ، ޑިޖިޓަލް އެންޑް އިނޮވޭޝަން ޑިސްޓްރިކްޓުގައި ހަދާ އިނޮވޭޝަންތަކަށް ރިސާޗް ގްރާންޓް ފަންޑުވެސް ލިބިގެންދާނެ،" ޝަހުދާ ވިދާޅުވިއެވެ.
ޝަހުދާ ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒޭޝަން އެންޑް އިނޮވޭޝަން ދާއިރާއިން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް މަޢުރަޒުގައި ބައިވެރިވެވޭނެއެވެ. އެ ދާއިރާއިން ބޭރުގެ ފަރާތްތައް ބައިވެރިކުރަނީ ރާއްޖޭގައި ތިބި އެ ދާއިރާގެ ޒުވާން ފަންނުވެރިންނަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހުދާ އިތުރަށް ވިދާޅުވި ގޮތުގައި ފަންނުވެރި އިޤްތިޝާދެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ މި މަޢުރަޒުން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ފަންނުވެރިން އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ކަންކަންވެސް އެނގިގެންދާނެއެވެ.
މި މަޢުރަޒު ފަރުމާން ކޮށްފައިވަނީ، ބީސީސީގެ އޮތެންޓިކް މޯލްޑިސްގެ ފިހާރާގައި ހުރި ދިވެހި އުފެއްދުމަކަށް ފަތުރުވެރިއެއްގެ ޝައުގުވެރިކަން ލިބި ރާއްޖެއިން ބޭރަށް މާކެޓް ކުރުމަށް ލިބުނު ފުރުސަތަށް ބިނާކޮށެވެ. އެހެންކަމުން، ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒުން ދިވެހިންގެ އުފެއްދުންތަކަށް ރާއްޖެއިން ބޭރުން ބާރާޒު ހޯދުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ.