ENGLISH

22 އޭޕްރީލު 2025

Advertisement

އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެންދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށް: ޑރ. ޚަލީލް

26 ޖެނުއަރީ 2025

|

ރާޔާ ރިޒާ

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެންދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށް ކަމަށް  ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރަށް، ފޮނުއްވި ތަހުނިޔާގެ މެސެޖެއްގަ އެވެ. 

"އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިންޑިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާއިއެކު ޖުމްހޫރީ ދުވަސް ފާހަގަ ކުރާ މުނާސަބަތުގައި، އިންޑިއާގެ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް، އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަމަށް އެދެން" - ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް 

މި މުނާސަބާއާއި ގުޅުވައިގެން މިނިސްޓަރ ޚަލީލް ވިދާޅުވީ ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްހަ އާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާ އިން ދަނީ މުޅި ދުނިޔެއަށް ދައްކަމުން ކަމަށެވެ. އެގޮތުން، ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާކުރުމަށްޓަކައި، އިންޑިއާ ވެގެންދަނީ ދިވެހިރާއްޖެއަށް ނަމޫނާ ޤައުމެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

މީގެ އިތުރުން، ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަން ހާމަކޮށްދެނީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދު ބަހައްޓަވައި ގާތްކަމާއި، ދެއްވާ އެހީތެރިކަމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައި ވަނީ އިންޑިއާ ކަމަށްވީ ހިނދު، މިކަމުންވެސް ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭކަން މިނިސްޓަރ ޚަލީލް ފާހަގަކުރެއްވި އެވެ. 


ކިޔުންތެރިންގެ ހިޔާލު