ENGLISH

22 އޭޕްރީލު 2025

Advertisement

127 ފުލުހުން ދަސްވެނިވެއްޖެ

26 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ދިވެހި ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން (ފޮޓޯ/ ދިވެހި ފުލުހުން)

ދިވެހި ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ކާމިޔާބުކަމާ އެކު ފުރިހަމަކޮށް 127 ފުލުހަކު ދަސްވެެނިވެއްޖެ އެވެ. 

ފުލުހުންގެ ދަސްވެނިވުން ފާހަގަކުރުމަށް ދ. ވާނީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫނެވެ. ވަޒީރު ޣައްސާނާއި އެކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ދާޚިލީ ވަޒީރު އަލީ އިހުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވަނީ ކޯހުން ވަނަވަނަ އަށް ހޮވުނު ދަރިވަރުންނަށް އެވޯޑު ހަވާލުކުރައްވާފަ އެވެ.

38 ވަނަ އަސާސީ ތަމްރީނު ކޯހުން ވަނަތަކަށް ހޮވުނު ފުލުހުން

  • ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ހަސަން އަލީފް އިބްރާހީމް
  • ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޝިނާ މުޙައްމަދު ޖުނައިދު
  • އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ހަސަން އަލީފް
  • އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ ބީފާނު ސްކޮޑް

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި ޢިލްމު އަދި މަޢުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 އިން މި ޖެނުއަރީ މަހުގެ 14 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 140 ފުލުހުން ބައިވެރިވެ 127 ފުލުހުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށް ފާސްވެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 37 އަންހެން ފުލުހުންނާއި 90 ފިރިހެން ފުލުހުންނެވެ.

ކިޔުންތެރިންގެ ހިޔާލު