ENGLISH
22 އޭޕްރީލު 2025
ފުލުހުން ޓޯވކޮށްފައިވާ 446 އުޅަނދެއް ނައްތާލައިފި
26 ޖެނުއަރީ 2025
|
ޤަވާޢިދާ ޚިލާފަށް ޕާކްކޮށްގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯވކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 446 އުޅަނދެއް ނައްތާލާފައިވާ ކަމަށް އެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި އުޅަނދުތަކަކީ އެއްގަމު އުޅަނދުތަކުގެ ތެރެއިން ޓޯވކޮށް، އަދި އޭގެ ވެރި ފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެވެ. ފުލުހުން ވިދާޅުވީ ނައްތާލި އުޅަނދުތަކުގެ ތެރޭގައި، ދެ ފުރޮޅުލީ 378 އުޅަނދާއި ހަތަރު ފުރޮޅުލީ 40 އުޅަނދު އަދި 28 ބައިސްކަލް ހިމެނޭ ކަމަށެވެ.
މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ނުދުއްވާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް، ޓްރާންސްޕޯޓް މިނިސްޓްރީން ނަގަން ފެށީ މިދިޔަ އަހަރުއެވެ. މިއީ މަގުތައް ތޮއްޖެހުމާއި، އެކްސިޑެންޓްތައް މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.