ENGLISH

22 އޭޕްރީލު 2025

Advertisement

މާރާމާރީއެއްގައި ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި

25 ޖެނުއަރީ 2025

|

ޢަލީ ޝަހީމް

މާރާމާރީ ހިންގުމުގެ ތުޙުމަތުގައި ހައްޔަރުކުރި ދެމީހުން

މާރާމާރީއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުގެ 8:17 ހާއިރު، މާލޭ ރަތްވިލާ މަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަ ތަޙްގީޤު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގެ ތުޙުމަތުގައި ހައްޔަރުކުރީ، މާލެ، ހ. ރޯޒެންޑޭލް، ޞަފްވާން ޒުފްރަތު އަދި ށ. ފޭދޫ، އުދަރެސް، ޢަލީ ނާޝިދު އެވެ. ކޯޓު އަމުރެއްގެ ދަށުން އުމުރުން 29 އަހަރުގެ ޞަފްވާން ހައްޔަރުކުރީ ޖަނަވަރީ 20 ވަނަ ދުވަހުގެ 21:19 ގަ އެވެ. އަދި، 34 އަހަރުގެ ނާޝިދު ހައްޔަރުކުރީ ޖަނަވަރީ 21 ވަނަ ދުވަހުގެ 1:09 ގައި ކަމަށް ފުލުހުން ވިދާޅުވެފައިވެ އެވެ.  

ކޯޓަށް ހުށަހެޅުމުން ތުހުމަތުވާ ދެމީހުން ހައްޔަރުކުރީ ފަސް ދުވަހުގެ މުއްދަތަށެވެ. ފުލުހުން ވިދާޅުވީ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާވަރަކަށް، އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މާލެގައި މާރާމާރީތައް މަދުވެފައި އޮތުމަށް ފަހު ގޭންގު މާރާމާރީތައް މިދުވަސްވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ރޭ ވެސް ވަނީ މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލާފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު