ENGLISH

22 އޭޕްރީލު 2025

Advertisement

ޚިޔާނާތުގެ ދަޢުވާ މަޝްއަރު ގްރޫޕުގެ މައްޗަށް ކޮށްފި

25 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ޢުމްރާއަށް ގެންދިޔުމުގައި މަކަރު ހެދި އަލްމަޝްއަރު ގްރޫޕާއި އެކަމުގައި ބައިވެރިވި މީހުންނަށް ޚިޔާނާތުގެ ދަޢުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުއްވައިފިއެވެ.

މީޑިއާތަކާއި ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ވިދާޅުވީ ހައްޖާއި ޢުމްރާގެ އަޅުކަމަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލް ކުރުމުން، ޓްރެވެލް އެޖެންސީއަކަށް ނަން ބަދަލުކޮށް، އަލްމަޝްއަރު އާއި މިކަމާ ގުޅުންހުރި އެހެން ކުންފުނިތަކުން މަކަރާއި ހީލަތުން ފައިސާއަށް ޚިޔާނަތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހު ޢުމުރާ އަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑް އިން 27 މީހުންގެ އަތުން 500،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ނަގާފައިވެއެވެ. މި މައްސަލައިގައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހު 19 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދިފައިވަނީ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ ކ.މާލެ / މ. ހަވީރީފިނި ޢަލީ ފާރިޝްގެ މައްޗަށާއި، އަލްމަޝްޢަރު ޕްރައިވެޓް ލިމިޓެޑާއި ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށެވެ.

މިދިޔަ ރޯދަ މަހު މަޝްއަރު ޓުއާސް ގްރޫޕުން ޢުމްރާއަށް ގެންދިޔައީ 53 މީހުންނެވެ. ކޮންމެ މީހެއްގެ އަތުން 38,500 ރުފިޔާގެ ރޭޓުން ފައިސާ ނަގާފައިވެއެވެ. ނަމަވެސް، އުމްރާ ފުރިހަމަ ކުރުމަށް ފަހު އުމްރާވެރިން ރާއްޖެ ގެނައުމަށް އޭސް ޓްރެވަލްސްއަށް ދޫކުރި ޗެކް ބައުންސްވުމާ ގުޅިގެން، އުމްރާވެރިން ރާއްޖެ ނާދެވި މައްކާގައި ތާށިވިއެވެ.

ކިޔުންތެރިންގެ ހިޔާލު