ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކަނދުފަތި އަޅައިފި

25 ޖެނުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެއް އަޅައިފި އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަދު ލ. ފަރެސް ކައިރި ދޮށީ މަސްވެރިކަމަށް ކަނދުފަތި އަޅާފައިވާ ކަމަށެވެ. އެ ކަނދުފަތި އަޅާފައިވަނީ ފަރެހުގެ ދެކުނުން 10 މޭލު ބޭރުގަ އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ދ. މީދޫ ކައިރީގައި ވެސް އިއްޔެ ވަނީ ވަދު ކަނދުފައްޗެއް އަޅައިފަ އެވެ. އެ ކަނދުފަތި އަޅާފައިވަނީ މީދޫ އިރުން 5.5 މޭލު ބޭރުގަ އެވެ.

އޭގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހު ކ. ގާފަރު ކައިރި ވެސް ކަނދުފައްޗެއް ވަނީ އަޅާފައެވެ. އެރަށް ކައިރި އަޅާފައިވަނީ ވަދު ކަނދުފައްޗެކެވެ. އެ ކަނދުފަތި އަޅާފައިވަނީ ގާފަރު އިރުން 4.5 މޭލު ބޭރުގައި އެވެ.

ގިނަ ޢަދަދެއްގެ މަސްދޯނި ފަހަރު މަހަށް ފުރާ ގާފަރުގެ މަސްވެރިންނަށް މިއީ ވަރަށް ބޮޑު ފަސޭހައެއްކަން އެރަށުގެ މަސްވެރިން ފާހަގަކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު