ENGLISH

22 އޭޕްރީލު 2025

Advertisement

އައިޕީ ޓްރެއިނިންގ ޕްރޮޖެކްްޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ކްރިއޭޓިވް އިކޮނޮމީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ބީސީސީ)

މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމީ އައިޕީ ޓްރެއިނިން ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކުރިއަރުވައި، އިންޓެލެކްޗުއަލް ޕްރޮޕަޓީއާ މެދު އެ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ މަޤްސަދުގައި ކުރިއަށް ގެެންދާ މި ޕްރޮޖެކްޓަށް އެކްސްޕްރެޝަން އެޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުން ވަނީ މި މަހުގެ 31 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ޑަބްލިއުޕީއޯ) އާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ހިންގާ މި ޕްރޮޖެކްޓުގެ ދަށުން އޮންލައިން މީޓިންތަކާއި، އިންޓަވިއުތަކުގެ އިތުރުން ޓްރެއިނިން ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގެ މަޤްސަދުތަކަކީ:

  • ޕައިލެޓް އައިޕީ ޓްރެއިނިން: އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުރިހާ ކަމެއްގައި އައިޕީ ޓޫލްސް ބޭނުންކުރަން ދަސްކޮށްދިނުން.
  • ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ކުރިއެރުވުން: ވަޒީފާ އުފައްދައި، އާމްދަނީ އިތުރުކޮށް އާއްމު ދިރިއުޅުން ރަނގަޅުކުރުން.
  • އުފެއްދުންތެރިކަން ރައްކާތެރިކޮށް، އާމްދަނީ ހޯދޭނެ ގޮތް ކަށަވަރުކުރުން: އައިޕީ އެސެޓްތައް ރައްކާތެރިކޮށް އާމްދަނީ ހޯދޭނެ ބިޒްނެސް މޮޑެލްތައް ތައްޔާރުކުރުމުގައި ބައިވެރިންނަށް އެހީތެރިވުން.

މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނާއި ކްރިއޭޓާޒް އަށް އެ ފަރާތްތަކުގެ ބްރޭންޑްތަކާއި ވިޔަފާރިތައް ފުޅާކޮށް، ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތާއި އެ ފަރާތްތަކުގެ އުފެއްދުންތެރިކަން ދައްކާލުމަށް ބާރުއެޅިގެންދާ ކަމަށެވެ.

މި ޕްރޮޖެކްޓުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން، "މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމީ ޓްރެއިނިން ޕްރޮޖެކްޓް" އަށް ރިފަރެންސް ހުށަހެޅުމަށް ފަހު އެ ފަރާތްތަކުގެ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިވަޑައިގެންފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު