ENGLISH
22 އޭޕްރީލު 2025
ބިދޭސީން މަސްލަހަތު ގެއްލުވާލާ ކަމަށް ފާހަގަވާ ސަރަހައްދުތައް މޮނިޓަރކުރަން ފަށައިފި
25 ޖެނުއަރީ 2025
|
އިމިިގްރޭޝަންގެ އޮފިސަރުން ހަރަކާތްތެރިވަނީ (ފޮޓޯ/ އިމިގްރޭޝަން)
ބިދޭސީންގެ މެދުގައި މަސްލަހަތު ގެއްލޭ ފަދަ ކަންކަން ހިންގަމުންދާ ކަމަށް ފާހަގަވާ އާއްމު ސަރަހައްދުތައް މޯލްޑިވްސް އިމިގްރޭޝަނުން މޮނީޓާކުރަން ފައްޓަވައިފި އެވެ.
މި މަސައްކަތް އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ފެއްޓެވީ، އާއްމު ތަންތަނުގައި ބިދޭސީންގެ މެދުގައި އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން މިފަހުން ހިންގަމުންދާކަން ފާހަގަކުރެއްވުމުންނެވެ.
އިމިގްރޭޝަން އިން ވިދާޅުވި ގޮތުގައި އާއްމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ހަރަކާތް ސިލްސިލާކޮށް ކުރިއަށްގެންދާނެ އެވެ.
އިމިގްރޭޝަނުން ވިދާޅުވީ މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކްފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަހަކަށް އައިސް، ބިދޭސީންގެ މެދުގައި މަސްލަހަތު ގެއްލި، ހަމަނުޖެހުން ހިންގާކަމަށް ފާހަގަވެފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. އެގޮތުން މިފަހުން ދެ ފަހަރެއްގެ މަތިން އެ ސަރަހައްދުގައި މާރާމާރީ ހިންގާފައިވާއިރު، އެ މައްސަލައިގައި ހިމެނޭ މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމަވާފަ އެވެ. މިދިޔަ ހަފްތާގައި ހިނގި މާރާމާާރީގައި ދިވެއްސަކަށް ވެސް އަނިޔާވެފައިވެ އެވެ.