ENGLISH

22 އޭޕްރީލު 2025

Advertisement

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޢާންމުކޮށް، ޝަކުވާ ހުށަހެޅުމަށް އީސީން ހުޅުވާލައިފި

24 ޖެނުއަރީ 2025

|

ޢަލީ ޝާހީން

އިލެކްޝަން ކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓިތަކުގެ މެމްބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަން ކޮމިޝާނުން ހުޅުވާލައިފިއެވެ. 

އިލެކްޝާން ކޮމިޝަން (އީސީ) އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ކޮމިޝަނަށް ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަރޝިޕް ފޯމުތަކާ ގުޅިގެން ޕާޓީތަކުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.

އީސީ އިން ވިދާޅުވީ، ލިސްޓް އާންމުކޮށްފައިވަނީ ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް ކަމަށާއި ޝަކުވާ ހުށަހަޅާއިރު ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމުގައި އިއުލާނުގައިވެއެވެ.

މީގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުުވާލާފައެވެ. 

އެގޮތުން، އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވާ ހޯމަ ދުވަހުގެ ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. އޮންލައިންކޮށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ ވެސް އެއީ އެވެ.

ކިޔުންތެރިންގެ ހިޔާލު