ENGLISH
22 އޭޕްރީލު 2025
ހިފަހައްޓާނީ ޤާނޫނުން މަނާ ތަކެތި: ކަސްޓަމްސް
24 ޖެނުއަރީ 2025
|
ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކަމަށް ހަރުކޮށްފައިވާ ލިޔުމެއް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަކީ ތަންފީޒީ އިދާރާއަކަށް ވާތީ، ހުއްޓުވާނީ ޤާނޫނަކުން ރާއްޖެ އެތެރެވުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސް އިން އެގޮތަށް ވިދާޅުވީ ރާއްޖެ ގެނައި ރޯލިންގ ޓޮބޭކޯ ޝިޕްމަންޓުތަކެއް އެ އިދާރާއިން ހިފެހެއްޓުމަށްފަހު ދޫކޮށްލިކަމަށް ބުނެ މީޑިއާތަކުގައި ހަޤީގަތާއި ޚިލާފަށް ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
ދުންފަތާއި ގުޅުންހުރި ބާވަތްތަކުގެ ތެރެއިން ބައެއް ތަކެތި ރާއްޖެ އެތެރެކުރުން ޤާނޫނުން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެތެރޭގައި ވޭޕާއި، އީ-ސިގިރެޓް އަދި އެތަކެތީގެ ބާވަތްތައް ހިމެނެ އެވެ.
ކަސްޓަމްސް އިން ވިދާޅުވީ ރޯލިން ޓޮބޭކޯ ޝިޕްމަންޓް ދޫކުރީ، ޤާނޫނަކުން އެތަކެތި އެތެރެ ނުކުރެވޭނެކަމަށް ބަޔާންކޮށްފައި ނުވާތީ ކަމަށެވެ. އެ ޝިޕްމަންޓާ މެދު އަމަލުކުރީ ޢާއްމު އުސޫލުން މުދަލެއް ރާއްޖެ އެތެރެވާއިރު ކުރިއަށްގެންދާ މަރުޙަލާގެ ތެރެއިން ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އެތެރެކުރާ ހުރިހާ މުދަލެއް ވެސް ކްލިއަރ ކުރުމުގެ މަރުޙަލާގައި، ކަސްޓަމްސް އިން ބަލަންޖެހޭ އެކިއެކި ކަންކަމަށް ބެލުމަށްފަހު، އެ މުދަލެއް ޤާނޫނީ ގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެ މުދަލެއް ދޫކުރަމުން ގެންދާނެ ކަމަށް ކަސްޓަމްސްގެ ޕޯސްޓުގައިވެ އެވެ.