ENGLISH

22 އޭޕްރީލު 2025

Advertisement

މާދަމާ އިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ފާސްޕޯޓު ދޫކުރަން ފައްޓަވަނީ

24 ޖެނުއަރީ 2025

|

އަހުމަދު ސައީދު

އިމިގްރޭޝަނުގެ މުވައްޒަފަކު މީހަކަށް ޕާސްޕޯޓު ދޫކުރަނީ.

ރަސްމީ ދުވަސްތަކުގެ އިތުރުން މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދިނުމަށް އިމިގްރޭޝަނުން ނިންމަވައިފިއެވެ.

އިމިގްރޭޝަނުގެ ޕޯސްޓް 

އިމިގްރޭޝަނުން ނޫސްތަކަށް ފޮނުއްވި މެސެޖެއްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، މާދަމާ އިން ފެށިގެން މި ނިންމުމަށް އަމަލުކުރަން ފައްޓަވާނެ ކަމަށެވެ. މިގޮތަށް ހަމަޖެއްސެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ޕާސްޕޯޓު ހެދުމާއި ދޫކުރުމުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ޝައްމާން ވިދާޅުވި އެވެ.

މެޑިކަލް އެމާޖެންސީގައި ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިހާރު ވެސް 24 ގަޑިއިރު ފޯރުކޮށްދެއެވެ. 

ހޮނިހިރު ދުވަހު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދޭނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހާއި ހުޅުމާލެ ދެ ފިޔަވަހީގައި ހުންނަ އެ ޚިދުމަތުގެ ދެ އޮފީހުންނެވެ. ހޮނިހިރު ދުވަސްތަކުގައި ޕާސްޕޯޓު ދޫކުރުމަށް ނަމްބަރު ދޫކުރާނީ ހެދުނު 9:00 އިން މެންދުރު 12:00 އާ އަށެވެ. 

ކިޔުންތެރިންގެ ހިޔާލު