ENGLISH
22 އޭޕްރީލު 2025
އައިލެންޑް އޭވިއޭޝަން ބޯޑުގެ ޗެއާމަނަކަށް ސްޓޭޓް މިނިސްޓަރު ޝަފީޢު އައްޔަންކުރައްވައިފި
24 ޖެނުއަރީ 2025
|
ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު / ފޮޓޯ: އެޓޯލް ޓައިމްސް
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ ޗެއާމަންގެ މަގާމަށް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އައްޔަން ކުރައްވައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި، ޝަފީއު އެ މަގާމަށް އައްޔަން ކުރެއްވިކަން އިއުލާނުކޮށް އޭނާ އަށް މަރުޙަބާ ދަންނަވާފައިވެއެވެ. މި މަގާމަށް ޝަފީޢު އައްޔަން ކުރެއްވީ އެ ކުންފުނީގެ ޗެއާރަމަން މުޙައްމަދު މިހާދުގެ ބަދަލުގައެވެ. މިހާދު ކުރިން ވަނީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ސްޓޭޓް މިނިސްޓަރ ޝަފީޢު މީގެ ކުރިން ވަނީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި އޭނާ ވަނީ މީގެ ކުރިން ވެސް އައިލެންޑް އޭވިއޭޝަންގެ ޗެއާމަންގެ މަގާމު އަދާކުރައްވައިފައެވެ.
އައިލެންޑް އޭވިއޭޝަން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ފަސް މެންބަރުންނެވެ. އެއީ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް އިޔާސް، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް، ނޮން އެގްޒެކެޓިވް ޑިރެކްޓަރު އަބްދުالله ސައީދު، މުހައްމަދު ހައްސާން އަދި އަހުމަދު އަބޫބަކުރުއެވެ.