ENGLISH

22 އޭޕްރީލު 2025

Advertisement

48 ގަޑިއިރުތެރޭ މިފްކޯ އިން މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި

24 ޖެނުއަރީ 2025

|

ޢަލީ ޝަހީމް

ދިވެހި މަސްވެރިންތަކެއް މަސްބާނަނީ: ވައުދާ އެއްގޮތަށް ސަރުކާރުން އަންނަނީ މަސްވެރިންނަށް ފައިސާ ދޫކުރަމުން

މަސްވެރިންނަށް މިދިޔަ 48 ގަޑިއިރުތެރޭ 4.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ވިދާޅުވެއްޖެއެވެ.

މިފްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ 79 އުޅަނދަކަށް 4،746،204 (4.7 މިލިއަން ރުފިޔާ) ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިންނަށް މިއަދު ދޫކުރީ ޖަނަވަރީ 22 ވަނަ ދުވަހުގެ ނިޔަލަށް ބާނާފައިވާ މަހަށްވާ ފައިސާ އެވެ.

މިފްކޯ އިން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ފައިސާ މިއަދު މެންދުރު 12:30 ގެ ކުރިން ޖަމާކޮށްފައި ވާނެ ކަމަށެވެ. އަދި އެހެން ބޭންކުތައް މެދުވެރިކޮށް ދޭންޖެހޭ ފައިސާ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:30 ގެ ކުރިން ލިބޭނެ ކަމަށް މިފްކޯ އިން ވިދާޅުވެފައިވެ އެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން ބާނާ މަހަށް ފައިސާ ދެމުންނެވެ. ވެރިކަމާ ހަވާލުވެ މި ސަރުކާރުން ވަނީ މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 38 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ބެކްލޮގް ހުސްކުރުމަށް ފަހު މަސްވެރިންނަށް ގަވައިދުން ފައިސާ ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މަސްވެރިންނަށް ފައިސާ ގަވައިދުން ދޫކުރުމުގެ އިތުރުން އެ ސިނާއަތުގެ ކުރިއެރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، ހުޅުމާލެ ކަންނެލި ޖެޓީ އާއި ޅ. ފެލިވަރު، ގއ. ކޫއްޑޫ، ކ. ހިންމަފުށި އަދި ސ. ހުޅުމީދޫ އިން މިހާރު އެސްޓީއޯ ރޭޓުގައި އަންނަނީ ތެޔޮ ވިއްކަމުންނެވެ. އިތުރު ރަށްތަކުގައި އެ ހިދުމަތް ދެވޭނެ އިންތިޒާމުތައް މިއަހަރު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު