ENGLISH
22 އޭޕްރީލު 2025
ފުރުޓް ޓްރީ ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން
24 ޖެނުއަރީ 2025
|
ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެ ފިހާރައިން ބުނެފިއެވެ.
ފްރުޓް ޓްރީ ފިހާރައިން ވިއްކަނީ ޑްރައި ފުރުޓްސް އާއި އިލެކްޓްރޯނިކް ބައެއް ސާމާނާއި ގޭގޭގައި އާންމުކޮށް ހިފައިގެންގުޅޭ ސާމާނެވެ. އަދި މި ސާމާނުތައް ގުދަންކޮށްފައި ހުރީ މަތީ ދެ ފްލޯގައި ކަމަށް އެ ފިހާރައިގެ މެނޭޖަރު ބުންޏެވެ.
ގުދަނުގައި ސްޓޯކޮށްފައި ހުރީ 8 މިލިއަނެއްހާ ރުފިޔާގެ މުދަލެވެ. އަދި އަލިފާނުގެ ހާދިސާގައި ގުދަނުގައި ހުރި ހުރިހާ ސާމާނެއް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތުދޭ ގޮތުގައި ގުދަނުގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބިސީއެއްގެ 33 ފަރާތަކަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އަދި އޭގެ ތެރެއިން ފަސް ގޭބިސީއެއްގެ 14 ބިދޭސީންނަށް އަދި 8 ދިވެހިންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފަައިވާ ކަމަށް އެން.ޑީ.އެމް.އޭ އިން ވިދާޅުވިއެވެ.