ENGLISH

22 އޭޕްރީލު 2025

Advertisement

ދުބާއީގެ ދެ ކުންފުންޏަކުން ރާއްޖޭގައި ތަރައްޤީކުރާ 600 މިލިއަން ޑޮލަރުގެ ރިސޯޓުގެ ވިލާތައް ވިއްކަން ފަށައިފި

24 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ދުބާއީގެ ކުންފުނިން ހއ. މެދަފުށީގައި ތަރައްޤީކުރާ 190 ވިލާގެ ރިސޯޓުގެ ކުރެހުމެއް.


ދުބާއީގެ ކުންފުންޏަކާއި ލައިފްްސްޓައިލް ކުންފުންޏެއް ގުޅިގެން ރާއްޖޭގައި ތަރައްޤީކުރާ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ގެ އަގުބޮޑު ލަގްޒަރީ ރިސޯޓުގެ ވިލާތައް ވިއްކަން ހުޅުވާލައިފިއެވެ. 

ދުބާއީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދުބާއީގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ސަމާނާ ޑިވެލޮޕާސް އާއި ގްލޯބަލް ލައިފްސްޓައިލް ކުންފުންޏެއް ކަމަށްވާ އެލީ ސާބް އާ ގުޅިގެން ހއ. މެދަފުށީގައި ތަރައްޤީކުރާ 190 ވިލާ، މާކެޓް ކުރަކީ ދެވަނަ، ތިން ވަނަ ނުވަތަ ހަތަރު ވަނަ ހޮލިޑޭ ހޯމް ހޯދަން ބޭނުންވާ ބޮޑެތި މުއްސަނދިންނަށެވެ. 

ދުބާއީގެ ކުންފުނިން ހއ. މެދަފުށީގައި ތަރައްޤީކުރާ 190 ވިލާގެ ރިސޯޓުގެ ކުރެހުމެއް. 

ހދ. ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓުން 30 މިނިޓުން އަދި ހޯރަފުށި އެއާޕޯޓުން 8 މިނިޓުން ދެވޭ ހިސާބުގައި އޮންނަ މެދަފުށީގައި ތަރައްޤީކުރާ ޕޫލް އެޕާޓްމަންޓެއްގެ އަގު 2.3 މިލިއަން ޑޮލަރަށް އަރާއިރު، ތިން މިލިއަން ޑޮލަރަށް ވިއްކާ ވިލާތައް 2029 ވަނަ އަހަރު ހުޅުވާ ރިސޯޓުގައި ތަރައްޤީކުރާނެއެވެ. 

ބީޗް ފްރަންޓް ވިލާތަކާއި އޮވަރ ވޯޓާ ބަންގަލޯތަކާއި ޕޫލްސައިޑް އެޕާޓްމަންޓްތައް ހިމެނޭ މި ރިސޯޓު 507،651 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދަކަށް ފެތުރިގެންދާނެ އެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ޒަމާނީ ގޮތްތަކަށް ފަރުމާކޮށްފައިވާ މި ރިސޯޓުގެ ވިލާތަކުގެ އިންޓީރިއާ ޑިޒައިންކޮށްފައިވަނީ އެލީ ސާބް އިންނެވެ. 

ވިލާއެއް ރެއަކަށް އެއްހާސް ޑޮލަރާއި އަށް ހާސް ޑޮލަރަށް ވިއްކޭނެ ކަމަށް އަންދާޒާކޮށްފައިވާ މި ރިސޯޓުގައި ތިން ރެސްޓޯރެންޓާއި ސްޕާ އަދި ވެލްނެސް ސެންޓަރަކާއި 18،000 އަކަފޫޓުގެ ޑޭކެއާ ފެސިލިޓީއަކާއި ވޯޓާ ސްޕޯޓްސްގެ އެކި ވަސީލަތައްތައް ހުންނާނެއެވެ. 

ސަމާނާ ޑިވެލޮޕާސް އިން މި ރިސޯޓަށް މާކެޓް ހޯދަން ނިންމާފައިވަނީ ދުބާއީގައި ހުންނަ އެ ކުންފުނީގެ ސޭލްސް ނެޓްވޯކް މެދުވެރިކޮށެވެ. 

ކިޔުންތެރިންގެ ހިޔާލު