ENGLISH
22 އޭޕްރީލު 2025
އިމިގްރޭޝަން ކޮންޓްރޯލަރ ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް
24 ޖެނުއަރީ 2025
|
ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ސަޢޫދީ ޢަރަބިއްޔާގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕާސްޕޯޓްސްގެ ދަޢުވަތަކަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝައްމާން ވަޙީދު ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދަށް ވަޑައިގެންފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރގެ މި ދަތުރުފުޅުގައި ސައުދީ ޕާސްޕޯޓް ޑިރެކްޓަރ ޖެނެރަލް މޭޖަރ ޖެނެރަލް ޑރ. ސާލިޙް އަލްމިރްބާ އާއި އެހެނިހެން އިސްވެރިންނާ އެކު މަޝްވަރާތަކެއް ކުރެއްވިއެވެ.
ސައުދީން ޝައްމާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، ވިސާ ދޫކުރުމާއި، ބޯޑަރ މެނޭޖްމަންޓާއި، ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމާއި، ސަޢޫދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ކުރިއަރާފައިވާ މަރުޙަލާތަކާ ބެހޭ ގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހި އިމިގްރޭޝަންގެ އޮފިސަރުންނަށް ތަމްރީނުގެ ފުރުޞަތުތަކާއި، މަޢުލޫމާތު ބަދަލުކުރުމާއި، އިންޓެލިޖެންސް ޙިއްޞާކުރުން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެެއެެވެ.