ENGLISH
22 އޭޕްރީލު 2025
ހިރިޔާގެ މުބާރާތެއްގައި ކުޅެނިކޮށް ބެލެނިވެރިޔަކު ނިޔާވެއްޖެ
24 ޖެނުއަރީ 2025
|
ހިރިޔާ ސްކޫލް (ފޮޓޯ/ ދައުރު)
ހިރިޔާ ސްކޫލްގައި ރޭ ބޭއްވި ފުޓްސެލް މުބާރާތެއްގައި ކުޅެމުންދިޔަ ބެލެނިވެރިޔަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
މިކަމާ ގުޅިގެން މީޑިއާތަކާއި އެޑިއުކޭޝަން މިނިސްޓްރީން ހިއްސާކުރި މެސެއްގައި ވިދާޅުވީ ހިރިޔާގެ ޕީޓީއޭ އިން އިންތިޒާމްކުރި ފުޓްސެލް މެޗަކަށް ފަހު، ދަނޑުމަތީގައި އޮށޯތް ފަހުން ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަކުރެވުމާ އެކު ކައިރީގައި ހުރި އައިޖީއެމްއެޗަށް އެ ބެލެނިވެރިޔާ ވަގުތުން ގެންދެވުނު ކަމަށެވެ.
އެހެންނަމަވެސް، އެ ބެލެނިވެރިޔާ ނިޔާވެފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވި އެވެ. އަދި އެކަމުގައި އާއިލާއާއި ސްކޫލަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވި އެވެެ.
މިނިސްޓްރީން ވަނީ ނިޔާވި ބެލެނިވެރިޔާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފަ އެވެ.