ENGLISH
22 އޭޕްރީލު 2025
ދަނޑުވެރިކަމުގެ ދާއިރާއިން ބޭރުގައި ބެޗްލާރސް އަދި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2025
|
ފައިނުގެ މޫސުމީ ދަނޑުވެރިކަން --- ފޮޓޯ: ފައިނު އޮންލައިން
ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖޭން ބޭރުގައި މަތީ ތަޢުލީމަށް ކިޔަވަން ފުރުސަތުތަކެއް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ ވުޒާރައިން ވިދާޅުވީ، މިއީ ދިވެހި ސަރުކާރާއި ވޯރލްޑް ބޭންކާއި ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓްއިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް، ދަށުން ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ކަމަށެވެ.
މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށް ހަތަރު ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް އެއް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން އެގްރިކަލްޗަރަލް ސައިންސް، އެނިމަލް ސައިންސް، ބޮޓަނީ އެންޑް އެންޓޮމޮލޮޖީގެ އިތުރުން ނެޗުރަލް ރިސޯސް މެނޭޖްމަންޓް އިން ބެޗްލަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވައިލެވިފައިވެއެވެ. އަދި ޕްލާންޓް ޕްރޮޓެކްޝަން ދާއިރާއިން މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް ފުރުޞަތު ވެސް ހުޅުވާލާފައިވެއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ދަރިވަރެއްކަމުގައިވާނަމަ ކޯހާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ކަމާގުޅޭ ދާއިރާއެއްގައި މަދުވެގެން ދެ އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވާން ވާނެއެވެ. އަދި ބެޗްލަރސް ޑިގްރީގެ ކޯހަށް ކުރިމަތިލާ ދަރިވަރެއް ނަމަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ފަސް މާއްދާއިން 'ސީ' ގްރޭޑް ނުވަތަ ޖީސީއީ އޭލެވެލް އިމްތިހާނުގެ ތިން މާއްދާއިން 'ސީ' ގްރޭޑް ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހާސިލުކޮށްފައިވާންވާނެ އެވެ.
ސްކޮލަރޝިޕަށް އެދި ދަނޑުވެރިކަމާއި ހުށަހަޅަން ޖެހޭނީ ދިރޭތަކެއްޗާބެހޭ ވުޒާރާގެ މެނޭޖްމެންޓް ޔުނިޓަށެވެ. ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.