ENGLISH

19 އޭޕްރީލު 2025

Advertisement

އެތުލެޓިކޯ ބަލިވެ ރެކޯޑް ނިމުމަކަށް، ބާސާ މެޗު އެއްވަރު

19 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން މާޔޫސްވެފަ. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ލެގަނޭސް އަތުން 1-0 އިން ބަލިވެ، އެތުލެޓިކޯ މެޑްރިޑްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެއެވެ.

މި މެޗަށް ނުކުތްއިރު އެތުލެޓިކޯ ވަނީ އެންމެ ފަހުން ކުޅުނު 15 މެޗުން މޮޅުވެފައެވެ.

މި ނަތީޖާއާއެކު، އެތުލެޓިކޯ އަދިވެސް އުޅެނީ އެއްވަނައިގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އުޅެނީ ރެއާލް މެޑްރިޑެވެ. ބާސެލޯނާ ތިންވަނައިގައި އޮތީ 20 މެޗުން 39 ޕޮއިންޓް ހަމަކޮށްގެންނެވެ.

ލެގަނޭސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ މަޓިއާ ނަސްޓާސިޗް އެވެ. މިއީ އެ ޓީމުގެ ޑަނީ ރާބާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ނަސްޓާސިޗް ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން މޮޅުވެ، ލެގަނޭސް ވަނީ ތާވަލްގެ 15 ވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް 20 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ގެޓަފޭގެ ދަނޑުގައި ބާސެލޯނާ ވަނީ 1-1 އިން އެ ޓީމާ އެއްވަރުވެފައެވެ. މި ދެ ގޯލު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. ބާސެލޯނާ އިން ލީޑު ނެގީ ޖޫލްސް ކޫންޑޭގެ ގޯލުންނެވެ. ގެޓަފޭ އަށް އެއްވަރުކޮށްދިނީ މައުރޯ އަރަމްބާރީ އެވެ.

ކިޔުންތެރިންގެ ހިޔާލު