ENGLISH

19 އޭޕްރީލު 2025

Advertisement

ބަޔާނުން ޑޭވިސްގެ ކޮންޓްރެކްޓް އައު ކުރުމާ ގާތަށް

18 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ބަޔާންގެ ޑިފެންޑަރު، ޑޭވިސް. --ފޮޓޯ: ގެޓީ އިމޭޖަސް

ބަޔާން މިއުނިކުން އަލްފޮންސޯ ޑޭވިސްއާ އެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމާ ގާތަށް ޖެހިލައިފިއެވެ.

އުމުރުން 24 އަހަރުގެ ޑޭވިސް، ބަޔާން އާ އެކު ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮތުމުން، ޤައުމުން ބޭރުގެ ކުލަބުތަކާއެކު މަޝްވަރާކުރުމުގެ ފުރުޞަތު އޮތެވެ.

އެހެންކަމުން، އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބަޔާނުން މިދިޔަ މަސްތަކުގައި ބޭއްވި މަޝްވަރާތަކަށްފަހު ހުށަހަޅާފައިވާ ހަތަރު އަހަރުގެ އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މިހާތަނަށްއައިއިރު އެ އެއްބަސްވުމުގައި ސޮއިކުރެވޭގޮތްނުވީ އޭގައި ހިމެނޭ ބައެއް މާއްދާތަކުގައި ކުޑަކުޑަ ޚިޔާލު ތަފާތުވުމެއް އުޅޭތީއެވެ.

އެހެންނަމަވެސް، ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ، ރެއާލް މެޑްރިޑާއި، ޕްރިމިއަރ ލީގުގެ ކުލަބުތަކުން އަދިވެސް އިންތިޒާރުގައި ތިބިއިރު ބަޔާން އާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވުމުން، ޑޭވިސް ދެން އެ ޓީމުގައި ދެމިހުންނާނެ ކަމަށް ބެލެވެއެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ ވެންކޫވަރ ވައިޓްކެޕްސް އިން ބަޔާނަށް ބަދަލުވި ޑޭވިސް ވަނީ އެ ޓީމަށް މިހާތަނަށް 218 މެޗު ކުޅެދީފައެވެ. މި މުއްދަތުގައި ބަޔާން އާއެކު ޑޭވިސް ވަނީ ފަސް ފަހަރު ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދައި، އެއް ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ކެނެޑާގެ ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 56 މެޗުގައި 15 ލަނޑު ޖަހައިދީފައިވާ ޑޭވިސް ވަނީ މި ފަހަރުގެ ސީޒަނުގައި ބަޔާނަށް ހުރިހާ މުބާރާތެއްގައި 23 މެޗު ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު