ENGLISH
19 އޭޕްރީލު 2025
ލަސް ފެށުމަކަށް ފަހު ސިނާ ތިންވަނަ ބުރަށް
16 ޖެނުއަރީ 2025
|
އޮސްޓްރޭލިއަން އޯޕަންގައި ސިނާ ކުޅެނީ. --ފޮޓޯ: ގެޓީ އިމޭޖަސް
އޮސްޓްރޭލިއަން އޯޕަންގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ޔަނިކް ސިނާ ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި، ޓްރިސްޓަން ސޫލްކޭޓް ބަލިކޮށްފިއެވެ.
މި މެޗުން ހޯދި މޮޅާއެކު، އުމުރުން 23 އަހަރުގެ ސިނާ ވަނީ، އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސިންގަލްސް އިވެންޓްގައި ޖެހިޖެހިގެން ނުވަ މެޗުން މޮޅުވި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން މި ރެކޯޑް އޮތީ ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުގައެވެ.
ރޮޑް ލޭވާ އެރީނާގައި ކުޅުނު މި މެޗުގައި މުބާރާތުގެ 173 ވަނަ އަށް ސީޑްކުރެވިފައިވާ، ސޫލްކޭޓް އަތުން އެންމެ ފަހުގެ ޗެމްޕިއަން، ސިނާ މޮޅުވީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި އޮސްޓްރޭލިއާގެ ސޫލްކޭޓް ވަނީ، ގިނަ ބަޔަކަށް ހައިރާންކަން ގެނައުމަށްފަހު 6-4 އިން ކުރިހޯދާފައެވެ. މިއީ، މިދިޔަ އޮކްޓޫބަރު މަހު ކުޅުނު ޝަންހާއީ މާސްޓާސްގެ ފަހުން ސިނާ އަތުން ސެޓެއް ގެއްލުނު ފުރަތަމަ ފަހަރެވެ. މި މެޗަށް ނުކުތްއިރު ސިނާ ވަނީ ސެޓެއް ގެއްލުވާނުލައި، 29 ސެޓު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް، ސިނާ ވަނީ ދެން ޖެހިގެންއައި ތިން ސެޓުން 6-4، 6-1، އަދި 6-3 އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ.
މިއީ މިދިޔަ މާރޗް މަހު ދެ ފަހަރެއްގެ މަތީން ޑޯޕިންގ ޓެސްޓުން ފެއިލްވި ފަހުން އޮސްޓްރޭލިއަން އޯޕަންގައި ސިނާ ވާދަކުރާ ފުރަތަމަ ފަހަރެވެ.
ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓްސް (ސީއޭއެސް) އިން މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ އަންނަ އޭޕްރީލް މަހަށެވެ.